މާލޭ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް އިމަރޖެންސީކޮށް ޑޮކްޓަރަށް ދައްކަން ގެންދިޔަ 43 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ނިޔާވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 10:10 ހާއިރުއެވެ. އަދި މިހާރު ވަނީ މި މައްސަލައާ ގުޅިގެން ތަޙުޤީޤު ފަށައިފައެވެ.
“މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އެންމެހައި ކަންކަން ބަލަމުން އެބަދޭ،” ފުލުހުން ބުންނެވެ.
ނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައީ ކޮން ހާލަތެއްގައިކަން އަދި މަރުގެ ސަބަބާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް މި ވަގުތު ހާމަކޮށްފައެއް ނުވެއެވެ.

