މާލޭގެ މައްޗަންގޯޅި ގެއެއްގައި ނުރުހުމުގައި މީހަކު ބަންދުކޮށްގެން ގެންގުޅެ، ގެވެށި އަނިޔާ ދިނުމާއި ބްލެކްމެއިލް ކުރި މައްސަލައެއްގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ޖުލައި 11 ވަނަ ދުވަހު ވަނީ މި ފިރިހެނާ ހައްޔަރުކޮށްފައެވެ. އަދި އިއްޔެ އޭނާ ކޯޓަށް ހާޒިރުކުރުމުން، ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތަކީ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރުކުރެވިފައިވާ ކުށުގެ ރެކޯޑެއް އޮތް މީހެއްކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އޭނާ ބަންދުކޮށްގެން ގެންގުޅުނު މީހާއަށް ޖިސްމާނީ އަނިޔާތަކެއް ކޮށްފައިވާ ކަމަށް ވެސް ތަހުގީގަށް ވަނީ ހާމަވެފައެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

