މާލެއިން ގެއްލިގެން ހޯދަމުންދާ 30 އަހަރުގެ ގ. ގާރނެޓްގައި ދިރިއުޅޭ ޙަސަން ޔާމީނާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާތާ މިއަދަށް 5 ދުވަސްވެފައިވާއިރު އަދިވެސް އެއްވެސް ހަބަރެއް ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ޙަސަން ޔާމީން އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ 21:25 އެހައިކަންހާއިރު އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަ ވަގުތު ކަމަށެވެ. އޭގެ ފަހުން އޭނާގެ އާއިލާއަށް އެއްވެސް ޚަބަރެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖުލައި 14 ވަނަ ދުވަހުގެ ރޭ 20:30 އެހައިކަންހާއިރުއެވެ. މައްސަލަ ރިޕޯޓުކުރުމާއެކު ފުލުހުން ވަނީ ހޯދުމުގެ މަސައްކަތް ފަށައިގަނެފައެވެ.
ޙަސަން ޔާމީންއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިވަޑައިގަންނަވާ ފަރާތްތަކުން އެ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް އެދިފައިވެއެވެ.
މިގޮތުން މަޢުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވުމަށް ފުލުހުން އެދެއެވެ.

