މި ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅަަށް އާރްޓީއެލް ފެރީގެ ހިދުމަތް ފަށަން ތައްޔާރު ވެއްޖެއެވެ.
ބ. އަތޮޅުގައި މި ހިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތަކުގެ ގޮތުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޓީމަކާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޓީމެއް މިހާރު ވަނީ ބ. އަތޮޅަށް ދަތުރުތައް ފަށައިފައެވެ.
މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ މުހިއްމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި، އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެގޮތް މަގުފަހި ކުރުމެވެ.
އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ބ. އަތޮޅުގައި ފެށުމާއެކު ރާއްޖޭގެ 11 އަތޮޅެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް ކުރިއަށްދާނެއެވެ.

