މާދަމާއިން ފެށިގެން ހަތަރު ދުވަހަށް ރާއްޖޭގެ މޫސުން ގޯސް ވާނެ ކަމަށް މޫސުމާއި ބޭހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވިދާޅުވެއްޖެއެވެ.
މެޓް އިން ވިދާޅުވެފައިވާގޮތިގައި ޖުލައި 17 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭ ސަރަހައްދަށް ހުޅަނގުމޫސުމުގެ ބާރުގަދަވާނެ ކަމަށާއި، މި ވިއްސާރައިގައި ވައި ބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި މި ދުވަސްތަކުގައި ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވެ، ކަނޑުތަކާއި ހާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑީތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށްވެސް މެޓް އިން ވަނީ ލަފާ ކޮށްފައެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހާއި ކަމާ ބެހޭ އެހެން ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

