ދަގަނޑު ހޮޅިއެއް ވަގަށް ނެގި ކަމަށް ތުހުމަތުގައި އުމުރުން ދުވަސްވީ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި ދަގަނޑު ހޮޅިއެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 51 އަހަރުގެ މީހަކާ، 52 އަހަރުގެ މީހެކެވެ.
ހޮޅި ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ ތެރެއިން އެކަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހެކެވެ. އަދި އަނެއް މީހާއަކީ އއ. މަތިވެރި މީހެކެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި ދެ މީހުންނަކީވެސް ބަންދު ރެކޯޑް އޮންނަ ދެ މީހުންނެވެ.
ދެ މީހުންވެސް ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ ކޯޓުން އަމުރުކޮށްފައެވެ.

