"ސާމާނު" ނަމަކަށް ކިޔާ ސޯޝަލް މީޑިއާ ޕޭޖެއްގައި އަސްލު ޒަމްޒަމް ފެން ވިއްކާ ކަމަށް ބުނެ، އާދައިގެ ފެން ވިއްކި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ "ސާމާނު" ނަމަކަށް ކިޔާ ސޯޝަލް މީޑިއާ ޕޭޖެއްގައި އަސްލު ޒަމްޒަމް ފެން ވިއްކާ ކަމަށް ބުނެ، އިޝްތިހާރު ކުރަމުން ދިޔަ ކަމަށާއި، އަދި އެ އިސްތިހާރުގެ ޕޯސްޓްތަކުގައި ފެން ގަތުމަށް ގުޅޭނެ ނަންބަރެއް ވެސް ހިމަނާފައިވާ ކަމަށެވެ. ނަމަވެސް ވިއްކަމުން އަންނަ ފެނަކީ އަސްލު ފެނެއް ނޫން ކަމަށް ބުނެ ޢާންމުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އުފެއްދުމަކީ އެކުވެރި ޢަރަބި އިމާރާތުން (ޔޫއޭއީ) އުފައްދާ އާދައިގެ އިސްކުރު ފެނެއް ނަމަވެސް މި ފެން ރާއްޖެއަށް އެތެރެކޮށްގެން އޮޅުވާލައިގެން ވިއްކާފައިވާ ކަމަށް ބައެއް މީހުން ބުނަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޔޫއޭއީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޤައުމުގެ ފުލުހުން ވަނީ އެ ފެން އުފައްދާ ޕްލާންޓަށް ވަދެ، ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.
ފުލުހުން ބުނީ މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، ތަހުޤީޤުގެ ހޯދުންތަކަށް ބަލައިގެން އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

