އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަންނަ ހޯމަ ދުވަހު ރިޓަޔާ ކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާވެ ވަޑައިގަތުމަށް މިދިޔަ މެއި މަހު ހުށަހެޅުއްވުމުން އަންނަ ހޯމަ ދުވަހުން ފެށިގެން މަގާމުން ވަކިވެވަޑައިގަތުމުގެ ފުރުސަތު ދެއްވުމަށް ނިންމީ ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައެވެ.
ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވުމުން އުއްތަމަ ފަނޑިޔާރަށް އިނާޔަތް ލިބިވަޑައިގަންނަވާނެއެވެ.
އުއްތަމަ ފަނޑިޔާރަކަށް ޑިސެމްބަރު 2019 ގައި މުއުތަސިމް އައްޔަން ކުރެއްވުމުގެ ކުރިން 2009 އިން ފެށިގެން އެމަނިކުފާނު ވަނީ ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފައެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ.
އެ ބޭފުޅުން މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ.

