އެވޭލާ ކައްޓަލަ މަސްހުނި
ބޭނުންވާ ތަކެތި
- 4 ޖޯޑު ހުންނަހާ އޮރެންޖް ކައްޓަލަ، ފެނުކައްކާ މޮޑެފައިހުރި
- 2 ފިޔާ ތުނި ތުނިކޮށް ކޮށާފައި
- 2 ލުނބޯ
- 2 ޖޯޑު ދަޅުމަސް ނުވަތަ ފުނޑުވާފައ ހުރި ވަޅޯމަސް
- 1 ގިތެޔޮމިރުސް ހިމުންކޮށް ކޮށާފައި
- 2 ޖޯޑު ބައި ކާށިހުނި
ލޮނުކޮޅެއް
ތައްޔާރު ކުރާނެ ގޮތް
- ފިޔާ ،މިރުސް ހުތް ލޮނު އެއްކޮށް މޮޑެފައި މަހާއި ހުނި ވެސް އެއްކޮށްމޮޑެލާށެވެ .
- ކައްޓަލަ އެއްކޮށްފައި ލޮނު ހެޔޮވަރުކޮށްލާށެވެ.
- މި ކައްޓަލަ މަސްހުނި ވެސް 2_3 ގޮތަށް ތައްޔާރުކުރެއެވެ.
އެވޭލާ ޒަމާނު މީހުން ވެސް އެދުވަސްވަރު ލިބެން ހުންނަ ތަރުކާރީ އާއި މޭވާތަކުން ތަފާތު ސެލެޑް، ސަޓަނި ސަން ބޯލް މަސްހުނި ފަދަ ބާވަތްތައް ގިނަ އަދަދަކަށް ތައްޔާރު ކުރެއެވެ .
ބަރަބޯ ،މުރަނގަފަތް ، ކޮޕީ ފަތް، ކުއްޅަ ފިލާ ބޯވެލިފަތް ތޮރާ، ފާގަ ،އަލުވި ،ބަށި، ކެރެޓް ، ދަނޑި އަލުވި ، ކައްޓަލަ ، އަލަ ، ޗިޗަންޑާ ފަދަ ބާވަތްތައް ބޭނުންކޮށްގެން ވެސް މި ގޮތަށް މަސްހުނި ތައްޔާރުކުރެއެވެ.
މަތީގައި ބުނެދީފައި އެވަނީ "އެވޭލާ ކައްޓަލަ މަސްހުނި" ތައްޔާރު ކުރާ ގޮތެވެ.

