ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް ތުރުކީއަށް އެކްސްޕޯޓްކުރުމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ރާއްޖޭގެ ފިޝަރީޒް މިނިސްޓަރ މިވަގުތު ތުރުކީގައި ހުންނަވާތީ މިބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ އެޤައުމުގައެވެ. ތުރުކީގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑު ފޮރެސްޓްރީ ބަކީރު ޕެކްޓަރމަރލީއާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް ތުރުކީއަށް އެކްސްޕޯޓް ކުރުމުގައި ހުރި ފުރުސަތްތަކަށް އަލިއަޅުވާލެވުނެވެ. މީގެ އިތުރުން ރާއްޖެއަކީ ދަނޑުވެރިކަމުގެ ޤައުމެއްކަން ފާހަނގަކުރަމުން މިނިސްޓަރ ހުސެއިން ރަޝީދު ވަނީ އެދާއިރާގައި އެހީތެރިކަމެއް ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
މިނިސްޓަރ ހުސެއިން ރަޝީދު ތުރުކީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ 8 ވަނަ އޯއައިސީ ( އޮގަނައިޒޭޝަން ފޮރ އިސްލާމިކް ކޯރޕަރޭޝަން)އިން ކާނާގެ ޔަޤީން ކަމާއި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމާއި ގުޅޭގޮތުން ބާއްވާ މިނިސްޓަރުން ފެންވަރުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

