މާލެއިން ގެއްލިގެން ހޯދަމުން އަންނަ މާލެ، ގ. ގާރނެޓް، އުމުރުން 30 އަހަރުގެ ޙަސަން ޔާމީން ހޯދުމުގެ މަސައްކަތުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއްއަޅައި ތަހުގީގް ފުޅާކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ޔާމީންގެ ހަބަރެއް ނުވެގެން އޭނާ ހޯދާތާ މިއަދަށް ހަފްތާއެއް ވީ އެވެ. މި މަހުގެ 11 ވަނަ ދުވަހުގެ ރޭ 9:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނިކުމެގެން ދިޔަ ފަހުން ހަބަރެއް ނުވާ ކަމަށް އާއިލާ އިން ބުންޏެވެ. އޭގެ ތިން ދުވަސް ފަހުން ޖުލައި 14 ވަނަ ދުވަހު އޭނާ ގެއްލިފައިވާ ކަމަށް ފުލުހަށް ރިޕޯޓް ކުރީ އާއިލާ އިންނެވެ.
އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2025 ޖުލައި 14 ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރުއެވެ.
މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން ޙަސަން ޔާމީން ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
ޔާމީނާ ގުޅޭ މައުލޫމާތެއް ލިބިއްޖެނަމަ 3322111 ނުވަތަ 9400053 އަށް ގުޅަން ފުލުހުން ވަނީ އެދިފައެވެ.

