އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ސްޕެއިނުން ކަށަަވަަރުކޮށްފިއެވެ.
ސްޕެއިނުން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސްވިޓްޒަލަންޑް އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ސްޕެއިނުން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 66 ވަނަ މިނިޓުގައި އެތޭނިއާ ޑެލް ކަސްޓިއްލޯ ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ފަސް މިނިޓު ފަހުން ކްލައުޑިއާ ޕިނާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
އަންނަ ބުދަ ދުވަހު ފްރާންސް އާއި ޖަރުމަން ބައްދަލުކުރާ މެޗަށްފަހު ސެމީ ފައިނަލް މެޗުގައި ސްޕެއިން އާއި ދެކޮޅަށް ކުޅޭނެ ޓީމެއް އެނގިގެންދާނެއެވެ.

