ފުނަދޫގަ ފުރުތަމަ ފަހަރަށް އައި.ޔޫ.އެމްގެ އެޑްވާންސްޑް ސެޓްފިކެޓް އިން ބިޒްނަސް މެނޭޖްމަންޓް ފަށުމަށް ތައްޔާރުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް)ގެ އެޑްވާންސްޑް ސެޓްފިކެޓް އިން ބިޒްނަސް މެނޭޖްމަންޓް ކޯސް ށ. ފުނަދުގައި ފުރުތަމަ ފަހަރަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި ކޯހުގެ ކްލާސްތަކަކީ 18 އަހަރުން މަތީގެ ހުރިހާ ބޭފުޅުންނަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ، ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ރޭގަނޑު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކްލާސްތަކެކެވެ.
އޮގަސްޓް އިންޓޭކް 2025 ގައި ފެށުމަށް ހަމަޖެހިފައިވާ އައި.ޔޫއެމްގެ އެޑްވާންސްޑް ސެޓްފިކެޓް އިން ބިޒްނަސް މެނޭޖްމަންޓް ކޯހަކީ 2 ސެމިސްޓަރ އަކަށް ބަހައިލާގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ 1 އަހަރު ދުވަހުގެ ކޯހެކެވެ. މި ކޯހަށް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

