ހުޅުމާލެ ފޭސް 2 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ދިވެހި ފުލުހުންގެ ޙިދުމަތުން ފަށައިފިއެވެ.
ފުލުހުންގެ އިއުލާނުގައި ބުނީ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.
ފުލުހުން ހޯދަމުންދަނީ ޅ. ކުރެންދޫ، ކޯރަމް، އުމުރުން 29 އަހަރުގެ ޢަލީ މަދީޙްއެވެ.
މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ފުލުހުން ޢަލީ މަދީޙް ހޯދަމުންދާއިރު، ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް، 2025 ޖުލައި 27 ވަނަ ދުވަހުގެ 10:00 އަށް ޢަލީ މަދީޙް ހާޒިރުވުމަށެވެ.

