މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތަކަށް ތައްޔާރުވުމަށް ޖޫމްހޫރީ މައިދާން ހިމެނޭ ސަރަހައްދު، މިއަދު ހަވީރުން ފެށިގެން މިރެއާ ހަމައަށް ބަންދުކުރަން ނިންމައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ތައްޔާރުވުމަށް ޖޫމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ބަންދުކުރަން ނިންމައިފާވަނީ މިއަދުގެ 16:00 އިން 18:00 އަށް އަދި މިރޭ 20:00 ފެށިގެން މިރޭ ރިހާސަލް ނިމެންދެން ކަމަށެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކަށް ތައްޔާރުކުރުމުގެ ގޮތުން، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާ ހަމައަށް ޖުމްހޫރީ މައިދާން ޢާންމުންނަށް ވަނީ ބަންދުކޮށްފައެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާގޮތަށް ހަމަޖައްސާފައިވަނީ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 8:30ގައި ޒުވާނުންގެ މަރުކަޒުގައެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ މިނިވަންދުވަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ފުޅަނދުބުރު މާލޭގެ ބޮޑެތި މަގުތަކުގައި އޮންނާނީ ޖުލައި 27 ވަނަ ދުވަހުގެ ރޭ 8:30 ގައި ކަމަށެވެ. އަދި ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހަރަކާތް ޖުލައި 28 ވަނަ ދުވަހުގެ ރޭ 8:30 ގައި ބާއްވާގޮތަށް ވަނީ ނިންމަވާފައެވެ.
ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް އެރުވުމަށްވެސް ވަނީ ނިންމަވާފައެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ މިނިވަންދުވަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ފުޅަނދުބުރު މާލޭގެ ބޮޑެތި މަގުތަކުގައި އޮންނާނީ ޖުލައި 27 ވަނަ ދުވަހުގެ ރޭ 8:30 ގައި ކަމަށެވެ.
އަދި ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހަރަކާތް ޖުލައި 28 ވަނަ ދުވަހުގެ ރޭ 8:30 ގައި ބާއްވާގޮތަށް ވަނީ ނިންމަވާފައެވެ.

