އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމް ދ. އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ.
‘ހާލު ކިހިނެއް؟، ޕްރޮގްރާމް ދ. އަތޮޅުން ކުރިޔަށް ގެންދިޔަ ރަށްތަކުގެ ތެރޭގައި ރިނބިދޫ، އަދި މީދޫ ހިމެނެއެވެ.
އެގޮތުން، ރިނބިދޫއށް ކުރި ޒިޔާރަތްތަކުގެ ތެރެއިން އެ ރަށުގައި މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނެއެވެ. މި ޕްރޮގްރާމު ރިނބުދޫގައި ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.
އެގޮތުން، މީދޫގައި ކުރި އެ ޒިޔާރަތްތަކުގެ ތެރެއިން އެ ރަށުގައި މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނެއެވެ. މި ޕްރޮގްރާމު މީދޫގައި ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހާލު ކިހިނެއް ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

