ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިންގެ ހިދުމަތް އަލުން ފަށައިފިއެވެ.
ނަފްސާނީ އުނދަގޫތައް ހުންނަ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ތައާރަފްކުރި ގައުމީ ހެލްޕްލައިންގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން އެ ހިދުމަތް ދިނުމަށް ވަގުތީ ނަމްބަރެއް މިދިޔަ ހޮނިހިރު ދުވަހު ތައާރަފުކުރިއެވެ.
ނަފްސާނީ އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި ހިލޭ ގުޅޭ ނަންބަރު 1677 އަށް ގުޅޭނެ ކަމަށް ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.
މި ހެލްޕްލައިން ތައާރަފް ކުރި މައިގަނޑު ސަބަބަކީ ނަފްސާނީ އުދަނގޫތައް ތަހައްމަލް ކުރާ މީހުންނަށް 24 ގަޑިއިރު ހިދުމަތް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.
މިއީ 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ހިދުމަތެކެވެ.

