ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބަޔަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ އެސްޓީއޯ ހިޔާއަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށެވެ.
އެ މައްސަލަ ހައްލު ކުރުމަށް މިހާރު މަސައްކަތް ކުރެވެމުންދާއިރު، ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން މިހާރު ކަރަންޓު ނުދެވި ވަނީ އެސްޓީއޯ ހިޔާއާއި މަސްޖިދު ހަސަން އާދަމަށްކަމަށް ސްޓެލްކޯއިން ބުނެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓް ދިޔައިރު މި ފަހަކުން މިދިޔަ ޖޫންމަހު މާލެ އަދި ހުޅުމާލެ އެއްކޮށް ވަނީ ކަރަންޓްގެ ހިދުމަތް މެދުކެނޑިފައެވެ.
އެފަހަރު މުޅި މާލެ ސަރަހައްދުން ކަރަންޓް ކެނޑުނުއިރު، ވިޔަފާރިތަކަށާއި، ސްކޫލްތަކުގައި ކިޔެވުންވެސް އެދުވަހު ވަނީ ބަންދުކޮށްފައެވެ.

