އައްޑޫގެ ސެލޫނެއްގައި ހަށިވިއްކަމުންދާ މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
މިއަދު ފުލުހުން ބުނީ އައްޑޫސިޓީ މީދޫގައި ”ތިލިންފަރު ބިއުޓީ ސެލޫން އެންޑް ސްޕާ” ގެ ނަމުގައި ހިންގަމުންދާ ތަނެއްގައި ހަށިވިއްކާމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ، އާބާދީމަންޒިލް، އުމުރުން 25 އަހަރުގެ ނަވާލް ޙުސައިން އާއި އުމުރުން 36 އަހަރުގެ ޔޮންލައްޑާ ސުކްސުވަންގް، ތައިލޭންޑްއެވެ.
ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

