މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު “ސައްޔާރާ” އަށް ހަތަރު ދުވަސްތެރޭ ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.
އިއްޔެއާ ހަމައަށް އިންޑިއާ އިން އެކަނިވެސް މި ފިލްމަށް ޖުމްލަ 108.75 ކްރޯޑް ރުޕީސް (12.6 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވާއިރު، ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީ އެއްކޮށްލުމުން “ސައްޔާރާ” ގެ ޖުމްލަ އާމްދަނީ އިއްޔެއާ ހަމައަށް 119 ކްރޯޑް ރުޕީސް (13.8 މިލިއަން ޑޮލަރު) އަށް އަރަ އެވެ.
4 ކްރޯޑް ރުޕީސް (4.6 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ކުރި އަރަމުން އަންނަ ތަރިން ކަމުގައިވާ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ އެވެ.
ހުކުރު ދުވަހު އެކަނިވެސް އިންޑިއާ އާއި ބޭރުގެ މާކެޓްތަކުން ފިލްމަށް ޖުމްލަ 28.75 ކްރޯޑް ރުޕީސް (3.3 މިލިއަން ޑޮލަރު) ލިބިފައިވެއެވެ.
މި ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް މޯހިތު ސޫރީ ޑައިރެކްޓްކޮށްފައިވާ އަސަރު ގަދަ ލޯބީގެ މިއުޒިކަލްއެކެވެ.

