މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ކުޑަކުދިން މޭކަޕްކުރުމަކީ އާންމުވަމުން އަންނަ ކަމެކެވެ. ކުޑަކުދިން ބޮޑެތި މީހުންނަށް ވާން ބޭނުންވެ، އެމީހުން ކުރާ ކަންތައްތައް ކޮޕީކުރަން މަސައްކަތްކުރާއިރު، މޭކަޕްކުރުމަކީ އެންމެ އާންމު އެއް ކަމެވެ. ނަމަވެސް މިއީ ވަރަށް ބޮޑަށް ވިސްނާލަންޖެހޭ ކަމެކެވެ.
ކުޑަކުދިންގެ ނާޒުކު ހަންގަނޑު: ކުޑަކުދިންގެ ހަންގަނޑަކީ ވަރަށް ނާޒުކު އަދި ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ އެއްޗެކެވެ. ބޮޑެތި މީހުންގެ ހަމާ އަޅާބަލާއިރު ކުޑަކުދިންގެ ހަން މާ ތުނިވެފައި، އާޓިފިޝަލް ތަކެއްޗަށް އަވަހަށް ރިއެކްޓްކުރާ ގޮތަށް ހުންނަނީއެވެ. އެހެންކަމުން މޭކަޕް ފަދަ ކެމިކަލް އެކުލެވޭ ތަކެތި ބޭނުންކުރުމުން ފަސޭހައިން ގެއްލުން ލިބިދާނެއެވެ.
ކޮސްމެޓިކްސް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންނަށް ދިމާވެދާނެ އެންމެ އާންމު މައްސަލަތަކުގެ ތެރޭގައި:
- ހަންގަނޑު ހިރުވުން
- އެލަރޖިކް ރިއެކްޝަން
- ގައިގައި ބިހި ނެގުން
- ލޯ ދުޅަވުން
- ލޮލުން ފެން އައުން
- ހަން ކުރަކިވުން
ދަށް ފެންވަރުގެ އަދި ފޭކް ކޮސްމެޓިކްސް ބޭނުންކުރުމުގެ ސަބަބުން ދިގު މުއްދަތުގައި ކުޑަކުދިންނަށް ކުރިމަތިވެދާނެ ނުރައްކާތެރި މައްސަލަތަކުގެ ތެރޭގައި:
- ކެންސަރުގެ ބަލިތައް
- ހޯމޯނަލް އިމްބެލެންސް
- ދަރިންނުލިބުމުގެ މައްސަލަ
- ހަމުގެ ދާއިމީ މައްސަލަތައް
ކުޑަކުދިންނަށް މޭކަޕް ކުރުމުގެ ހުއްދަ ނުދިނުމާއި، އެފަދަ ތަކެތި ގަނެ ނުދިނުމަކީ މައިންބަފައިންގެ އެންމެ މުހިންމު ޒިންމާއެކެވެ. ކޮންމެ ކުއްޖަކީވެސް ޒާތުގައި ރީތި އަދި ލޯބި ކުއްޖެކެވެ. އެހެންކަމުން ކުޑަކުދިން އެކުދިންގެ ގުދުރަތީ ރީތިކަމުގައި ބޭތިއްބުމަކީ އެންމެ ރަނގަޅު ގޮތެވެ.
ކޮންމެހެން ކޮސްމެޓިކްސް ބޭނުންކުރަންޖެހޭ ޚާއްސަ ހާލަތެއްގައި، އަގުހެޔޮ އުފެއްދުންތަކުގެ ބަދަލުގައި ކުޑަކުދިންނަށް ޚާއްސަކޮށްފައިވާ އޯގަނިކް އަދި ރަނގަޅު ފެންވަރުގެ ބިއުޓީ ޕްރޮޑަކްޓްތައް ބޭނުންކުރުމަށް އިސްކަންދޭންވާނެއެވެ. އަދި މޭކަޕް ބޭނުންކުރުމަށްފަހު ރަނގަޅަށް ސާފުކުރުމަކީވެސް މުހިންމު ކަމެކެވެ.
ކުޑަކުދިންގެ ހަމުގެ ސިއްޙަތަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން މޭކަޕް ފަދަ ކެމިކަލް އެކުލެވޭ ތަކެތި ބޭނުންކުރުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. ކުޑަކުދިންގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ މައިންބަފައިންގެ އިސް ޒިންމާއެކެވެ.
އެހެންނޫނީ އެކުދިން ގުދުރަތީ ތާޒާކަމާއި ބަލާނަން ގެއްލު ކޭމްޕަށް ބަރޯސާ ވާން ތާއަބަދު މަޖުބޫރުވެ ހަމުގެ މައްސަލަތައް ޖެހުމުގެ ފުރުޞަތު ވަރަށް ވެސް ބޮޑެވެ.

