އދ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު އަދްނަން ޗީމާ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ދިޔައީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ވުޒާރާއިން އިސްކަންދޭ ކަންތައްތަކާއި ދެމެހެއްޓެނިވި މަސްވެރިކަމަށް އެހީތެރިވުމުގައި މޯލްޑިވްސް މެރިން ރިސާޖްސެންޓަރުގެ މުހިން ދައުރަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުވުމުގައި މަސްވެރިކަން ކުރިއަރުވާ އެއްބާރުލުން ދެވިދާނެ ދާއިރާތަކާއި އެއްބާރުލުން ދިނުމާސް ކުރެވިދާނެ މަސައްކަތްތަކާއި ގުޅެގޮތުން މަޝްވަރާކުރެއްވިއެވެ.
މަސް ޕްރޮސެސިން ރަނގަޅުކުރުމުގެ ތެރެއިން ވެލިއު އެޑިޝަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ފައިނޭންސިން މެކޭނިޒަމްތައް ކުރިއެރުވުމާއި، ކުދި މަސް ޕްރޮސެސްކުރުމުގައި ބައިވެރިވާ އަންހެނުން ބާރުވެރިކުރުވުމާއި، މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

