ލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ފަސިންޖަރު ޓާމިނަލް އޮޕަރޭޝަނަލައިޒް ކުރުމަށްޓަކައި އެއަރޕޯޓް އެމަޖެންސީ ސާރވިސަސްގެ ފަރާތުން އެމަޖެންސީ ރެސްޕޮންސް ޑްރިލްއެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މި ޑްރިލްގައި އެމަޖެންސީގެ ތަފާތު ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ޓެސްޓްކުރެވުނެވެ. މީގެ ތެރޭގައި، ފަސިންޖަރުންނަށް ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އެންބިއުލަންސް މެދުވެރިކޮށް އަވަސް ފަރުވާގެ ޚިދުމަތް ފޯރުކޮށްދެވޭނެ އެންމެ ކުރު މަގުތައް ދެނެގަތުމުގެ މަސައްކަތް ހިމެނެއެވެ.

އަރޕޯޓް އެމަޖެންސީ ސާރވިސަސްގެ ފަރާތުން ކުރިއަށް ގެންދިޔަ އެމަޖެންސީ ރެސްޕޮންސް ޑްރިލް—-ފޮޓޯ:އެމްއޭސީއެލް

އަރޕޯޓް އެމަޖެންސީ ސާރވިސަސްގެ ފަރާތުން ކުރިއަށް ގެންދިޔަ އެމަޖެންސީ ރެސްޕޮންސް ޑްރިލް—-ފޮޓޯ:އެމްއޭސީއެލް
އެމަޖެންސީ ސާރވިސަސްގެ ފަރާތުން ބުނީ މިއީ ބައިނަލްއަޤުވާމީ ގޮތުން ބަލާ ފަޔަރ އެންޑް ސޭފްޓީ މިންގަނޑުތަކަށް ފެތޭ، މަތީފެންވަރުގެ ފަޔަރ އެންޑް ސޭފްޓީގެ ޚިދުމަތް ފޯރުކޮށްދެވޭނެ ޓާމިނަލްއެއްކަން މި ޑްރިލްގެ ތެރެއިން ކަށަވަރުކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އަލިފާނުގެ ހާދިސާއެއް ހިނގައި ފަސިންޖަރުން އެމަޖެންސީގައި ބޭރަށް ނެރެންޖެހޭ ފަދަ ހާލަތެއް މެދުވެރިވުމަކީ ވަރަށް ދުރުކަމެއްކަމަށްވެސް އެފަރާތުން ފާހަގަކޮށްފައިވެއެވެ.

އަރޕޯޓް އެމަޖެންސީ ސާރވިސަސްގެ ފަރާތުން ކުރިއަށް ގެންދިޔަ އެމަޖެންސީ ރެސްޕޮންސް ޑްރިލް—-ފޮޓޯ:އެމްއޭސީއެލް

އަރޕޯޓް އެމަޖެންސީ ސާރވިސަސްގެ ފަރާތުން ކުރިއަށް ގެންދިޔަ އެމަޖެންސީ ރެސްޕޮންސް ޑްރިލް—-ފޮޓޯ:އެމްއޭސީއެލް
މި ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ކުއްލި ހާލަތުގައި ސަލާމަތްތެރިކަމާއެކު ފަސިންޖަރުން ޓާމިނަލުން ބޭރަށް ގެންދިއުމުގެ މަސައްކަތް ޓެސްޓްކުރެވުނެވެ. އަދި ޓާމިނަލްގައި ހަރަކާތްތެރިވާނެ ފަޔަރ ވާޑެންސްގެ ހަރަކާތްތައްވެސް ބަލައި ޓެސްޓްކުރެވުނެވެ. މިގޮތުން އާ ޓާމިނަލްގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ތެރެއިން 65 މުވައްޒަފުން ވަނީ ފަޔަރ ވާޑެންގެ ގޮތުގައި ތަމްރީން ކުރެވިފައެވެ.
އެމް.އޭ.ސީ.އެލްއިން ފާހަގަކުރި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދާނީ އެއާޕޯޓުގެ ޚިދުމަތް ބޭނުންކުރައްވާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުރިހަމަ ޚިދުމަތެއް ފޯރުކޮށް ދިނުމަށެވެ.

