މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ޖުމުހުރީ މައިދާން ސަރަހައްދުތަކުގައި ޕާކްކޮށްފައިވާ އުޅަނދުތައް 2025 ޖުލައި 24 ވަނަ ދުވަހުގެ 18:00 ގެ ކުރިން ނެންގެވުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބުނީ މިއަދުގެ ފަހުން އެ ސަރަހައްދުތަކުގައި ހުންނަ އުޅަނދުތައް ރީ ލޮކޭޓް ކުރުމާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ޖުމުހުރީ މައިދާން ސަރަހައްދުގަ ހުރި ވެހިކަލްތައް ނެގުމަށް ފުލުހުން އެދެފި
މި ކަންކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ފުލުހުން މައާފަށް އެދިފައިވާއިރު، އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލެއްވުމަށް ފުލުހުން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

