އެކްސިޑެންޓް ވުމުން މަޑުނުކޮށް ގޮސްފައިވާ ކާރަކުން ފޭބި ދެ މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގެ ވީޑިއޯ އާންމުކޮށްފައިވާއިރު، އެ ވީޑިއޯ އިން ފެންނަ ދެމީހުންނަކީ ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، ހުޅުމާލެ ފޭސް 2 ވިނަރެސް 1 ކައިރި ރައުންޑް އެބައުޓް ތެރެއިން ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓް ވުމަށްފަހު މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ދެ މީހުން ކަމަށެވެ.
މިދެމީހުންނަކީ ކާކުކަން އަދި މިހާތަނަށް ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ދެ މީހުންކަމަށް ފުލުހުން ބުންޏެވެ.
ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމައުލޫމާތެއް ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9772111 އަށް ގުޅައި ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.

