ދިވެހި ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ވަރަށް ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދަން ފަށައިފިއެވެ.
“މިނިވަންއުފާ ސޭލް” ގެ ނަމުގައި ކުރިއަށް ގެންދާ މި ކެމްޕެއިން ކުރިއަށް ދާނީ 24 ޖުލައި 2025 ން 2 އޮގަސްޓް 2025 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ސޭލްގެ ބޭނުމަކީ އެސްޓީއޯއާއި އާއްމުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް މުދާ ވިއްކާ ފޯރުކޮށްދިނުމެވެ.
މި ކެމްޕެއިން ކުރިއަށްދާނީ، އެސްޓީއޯ ޕީޕަލްސް ޗޮއިސުން، 24 ޖުލައި 2025 ން 02 އޮގަސްޓް 2025 އާއި ދެމެދު ވިޔަފާރި ކުރައްވާ ފަރާތްތަކުގެ މެދުގައެވެ. އަދި ގުރުއަތުން ހޮވޭ 1 ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

