މާލެ ސަރަހައްދުގައި ވީއްލިގެން އުޅޭ ބުޅާތައް އޮޅުހިޔާއަށް ވެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަރަންޓީން ގެ ކެޕޭސިޓީ އިތުރުކުރުމަށް އިތުރު 70 ކޭޖު ތައްޔާރުކޮށް ނިމުމާއި ގާތްވެއްޖެއެވެ.
މިވަގުތު ކަރަންޓީން ގައި ތިބީ އެއްމެ ފަހުން ނެގުނު 28 ބުޅަލެވެ. ކަރަންޓީން ކުރެވޭ ކެޕޭސިޓީ އިތުރުކުރުމުން އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭނެއެވެ.
ބުޅާތައް އޮޅުހިޔާއަށް ވެއްދުމަށްފަހު ޖެނެރަލް ބަޔަށް ލުމުގެ ކުރިން ގިނަ ކަރަންޓީން ފޭސްތަކެއް ކަޓައްތުކުރަން ޖެހެއެވެ. ސަބަބަކީ މަގުތަކުން ގެންނަ ބުޅާތަކަކީ އެކި ބަލިތަކާއި ރޯގާތައް ޖެހި، އަދި އެކި ވަރުގެ އަނިޔާތައް ލިބިފައި ތިބޭ ބުޅާތަކެކެވެ. އެހެންކަމުން މި ފޭސްތައް ކަޑައްތުކޮށް ، އާންމު ބަޔަށް ބުޅާތައް ބަދަލު ކުރެވޭ މިންވަރަކުން މާލެތެރެއިން އިތުރު ބުޅާތައް ގެނެވޭނެއެވެ.
މި ވުޒާރާގެ އަމާޒަކީ ހުރިހާ ބުޅާތައް ގެނެސް ކޮށިތަކަށް އަޅާލުމެއްނޫންނެވެ. އޭގެ ބަދަލުގައި އެސޮރުމެންނަށް ލިބެންޖެހޭ އަޅާލުމާއި ބޭސްފަރުވާވެސް ފުރިހަމަކޮށް، އެސޮރުމެން ބެލެހެއްޓުމެވެ.

