ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ފަރާތުން ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުއްވައިފިއެވެ.
ރައީސް ޝީ ފޮނުއްވި މެސެޖުގައި، ވަނީ ޗައިނާގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ދިވެހި ސަރުކާރާއި ރައްޔިތުންނަށް ހޫނު މަރުހަބާ އާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ.
ޗައިނާ އާއި ދިވެހި ރާއްޖެއަކީ އެކުވެރިކަމުގެ ބަދަލުތަކުގެ ދިގު ތާރީހެއް އޮތް ދެ ގައުމު ކަމަށް ރައީސް ޝީ ޖިންޕިންގެ ފާހަގަ ކުރައްވާފައިވާއިރު، 1972 ވަނަ އަހަރު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރި ފަހުން ޗައިނާ އާއި ރާއްޖޭގެ ގުޅުން ދުޅަހެޔޮ އަދި ހަމަޖެހޭ ތަރައްގީ އެއްގެ ގޮތުގައި ދެމެހެއްޓި، އެކި ގައުމުތަކުގެ މެދުގައި ހަމަހަމަ ގޮތެއްގައި އަމަލުކުރުމާއި، އެހީތެރިވުމާއި، ދެފަރާތަށް ލިބިދޭ ފައިދާތަކުގެ މިސާލު ދައްކުވާފައިވާ ކަމަށް ވެސް ރައީސް ޝީ ވަނީ ވިދާޅުވެފައެވެ.
ރައީސް ޝީ ވިދާޅުވީ ރާއްޖެއާއިއެކު އޮންނަނީ ހަމަހަމަކަމާއިއެކު އެއްގައުމު އަނެއް ގައުމަށް އެހީތެރިވެ، މަންފާ ލިބިގަތުމުގެ ނަމޫނާއެއް ކަމަށާއި، މި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ދުޅަހެޔޮ އަދި ހަރުދަނާ ގޮތެއްގައި ކުރިއަރަމުންދާކަން ފާހަގަކުރައްވައި، މިއީ ތަފާތުކަން ބޮޑު ގައުމުތަކުގެ ދެމެދުގައި އޮންނަ ހަމަހަމަކަމާއި، އެކަކު އަނެކަކަށް އެހީތެރިވެ، މަންފާ ލިބިގަތުމުގެ ނަމޫނާއެއްކަމުގައި ވެސް ރައީސް ޝީ ވަނީ ވިދާޅުވެފައެވެ.
ރާއްޖެއާ ޗައިނާގެ ޒަމާންވީ ބަދަހި ގުޅުމަށް އިޝާރާތްކުރައްވައި ރައީސް ޝީ ވިދާޅުވީ، 1972 ވަނަ އަހަރުން ފެށިގެން ދެޤައުމުގެ ދެމެދުގައި ސިޔާސީގުޅުން ގާއިމްކުރެވުނުފަހުން މިވީ ދުވަސްތަކުގައި ދެޤައުމުގެ ގުޅުން ކުރިއަރައިގެން ގޮސްފައިވާކަމަށެވެ.
2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ޑރ މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ކާމިޔާބު ދަތުރުފުޅުގައި، އެ ގައުމަށް އެކުވެރިކަމާއެކު ގިނަ އެއްބަސްވުންތަކަކަށް އާދެވުނު ކަމަށް ވެސް ޝީ ވިދާޅުވިއެވެ.

