ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ "ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް"ގެ ސެންޓްރަލް ސީސީޓީވީ މޮނީޓަރިން ރޫމް ހުޅުވައިފިއެވެ.

ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށް، ސެންޓްރަލް ސީސީޓީވީ މޮނީޓަރިން ރޫމް ހުޅުވުމުގެ ތެރެއިން
މި ރޫމް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އަލީ އިހުސާންއެވެ.
މި ރަސްމީޔާތުގައި ވަޒީރު އިހުސާންގެ އިތުރުން ބައިވެރިވެ ވަޑައިގަތީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީ، ސެންޓްރަލް ސެކިއުރިޓީ ކޮމާންޑްގެ ޑައިރެކްޓަރ ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު، ކޮމިޝަންޑް އޮފިސަރުންގެ އިތުރުން، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ފަސީހްއާއި މޯލްޑިވްސް ކަސްޓަސް ސަރވިސްގެ ކޮމިޝަނަރު ޖެނެރަލް ފާތިމަތު ދިޔާނާ، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުން އިބްރާހިމް މަފާޒް އާއި ޢަބްދުﷲ ވަހީދެވެ.

ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށް، ސެންޓްރަލް ސީސީޓީވީ މޮނީޓަރިން ރޫމް ހުޅުވުމުގެ ތެރެއިން
"ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް" އަކީ މުޅިން އަލަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އުފެއްދި ކޮމާންޑެކެވެ. މި ކޮމާންޑްގެ މައިގަނޑު މަސްއޫލިއްޔަތަކީ ޖަލުތަކުގެ ސެކިއުރިޓީ ކަންތައްތައް ސެންޓްރަލައިޒްކޮށް މޮނީޓަރ ކުރުމާއި ސެކިއުރިޓީ ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް، އެކަންކަން ތަންފީޛުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށް، ސެންޓްރަލް ސީސީޓީވީ މޮނީޓަރިން ރޫމް ހުޅުވުމުގެ ތެރެއިން
ހުޅުމާލޭ ޖަލުގައި އަލަށް ހަދާ ހެޑް އޮފީހުގެ އިމާރާތުގައި ޤާއިމުކުރެވުނު ސެންޓްރަލް ސެކިއުރިޓީ ކޮމާންޑްގެ އޮފީހުގައި މި ސަރވިސްގެ ހުރިހާ ޖަލެއްގެ ސީސީޓީވީތައް 24 ގަޑިއިރު މޮނީޓަރ ކުރެވޭ ރޫމްއެއް އެކުލެވިގެންވެއެވެ. އެގޮތުން ސީސީޓީވީ ވީޑިއޯ ފުޓޭޖް ސްޓޯރކުރުމަށާއި ވީޑިއޯ އެނަލައިޒްކުރުމަށް ބޭނުންކުރާނީ ބޭނުންކުރަނީ އެކަމަށް ޚާއްސަ ޓެކްނޮލޮޖީއެކެވެ. މި ނިޒާމަކީ ގިނަ ކެމެރާތަކެއްގެ ފުޓޭޖް ދިގު މުއްދަތަށް ރައްކާކޮށް، ބޭނުންވާ ފުޓޭޖް ފަސޭހަ އިން ހޯދާލެވޭ ނިޒާމެކެވެ. އަދި މުސްތަގްބަލްގައި މިސިސްޓަމްއަށް AI އިންޓަރގުރޭޓް ކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.

ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށް، ސެންޓްރަލް ސީސީޓީވީ މޮނީޓަރިން ރޫމް ހުޅުވުމުގެ ތެރެއިން
އަދި މިފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސަބަބުން ޖަލުތަކުގެ ސެކިއުރިޓީ ކުރިއަށްވުރެއް ހަރުދަނާވެ، ޖަލަށް މަނާތަކެތި ވެއްދުން މަދުވެ، ޖަލުތަކުގައި ހިނގާފާނެ ހާދިސާތައް މަދުވެގެންދާނެއެވެ. އަދި ހާދިސާއެއް ހިނގައިފިނަމަ، އެކަމަށް އަވަހަށް އެޓެންޑްކުރެވުމާއި އޮފިސަރުން ޒިންމާއުފުލުމުގައި މިހާރަށްވުރެއް ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން ފަދަ ކަންތައްތައް ވެސް ރަނގަޅު ވެގެންދާނެއެވެ.

