ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ އިތުރު ހަތް ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އެ 7 ބިދޭސީން އަތުލައިގަތީ އިއްޔެ ހަވީރު މާލެ ސަރަހައްދުގައި ދުއްވާ އެއްޗެހި ފޮޅާ ސާފުކުރުމަށް ހަރަކާތްތެރިވާ ބިދޭސީ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ރެއިޑްގެ ތެރެއިންނެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ކާމިޔާބު އޮޕަރޭޝަންތަކެއް ދަނީ އިމިގްރޭޝަނުން ހިންގަމުންނެވެ.

