ވިއެޓްނާމްގައި ބަހެއް އެކްސިޑެންޓްވެ، 10 މީހުން މަރުވެ، ގިނަ ބަޔަކު ޒަހަމްވެއްޖެއެވެ.
އެކްސިޑެންޓްވެފައިވަނީ ރޭގެ ވަގުތެއްގައި ވެރިރަށް، ހަނޮއި އިން އެގައުމުގެ މެދުތެރޭގައި އޮންނަ ޑަ ނަންގްއަށް ފަތުރުވެރިން ގޮވައިގެން ޓުއާއަކަށް ދިޔުމަށް ދަތުރު ކުރަމުން ދިޔަ ބަހެކެވެ.
އެކްސިޑެންޓްވެފައިވަނީ ދަތުރު ކުރަމުން ދަނިކޮށް، މަގުމަތީ އަރިމަތީގައި ޖަހާފައިވާ މާކަރުތަކުގައި ޖެހި، ބަސް ފުރޮޅާލައިގެން ކަމަށް ވިއެޓްނާމްގެ ކަމާއިބެހޭ އިދާރާތަކުން ވަނީ ރިޕޯޓްކޮށްފައެެވެ.
މިއެކްސިޑެންޓްގައި 10 މީހުން މަރުވެފައއޭގެ ތެރޭިވެއެވެ. މީގެ ތެރޭގައި ކުޑަ ދެ ކުދިން ވެސް ހިމެނޭއިރު، އިތުރު 12 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.
އެކްސިޑެންޓްގައި އަނިޔާވި އަދި މަރުވި އެންމެންނަކީ ވެސް ވިއެޓްނާމް ރައްޔިތުން ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.
ވިއެޓްނާމްގެ ބޮޑުވަޒީރު ފަމް މިން ޗިން ވަނީ އެ އެކްސިޑެންޓް ތަހުގީގު ކުރުމަށް ގޮވާލައްވާފައެވެ.
މި ބަސް އެކްސިޑެންޓްވެފައިމިވަނީ ހާ ލޯންގް ފަޅުގައި އޮތް ދޯންޏެއް ބަންޑުން ޖަހާލައި، ވިއެޓްނާމްގެ 38 ފަތުރުވެރިންނާއި ފަޅުވެރިން މަރުވިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.
ރެސްކިއު ކުރާ ފަރާތްތަކުން އަދިވެސް ދަނީ ގެއްލިގެން ހޯދަމުން އަންނަ އެކަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

