ފުލުހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މެޑަލްއާއި މަތިވެރި ޚިދުމަތުގެ މެޑަލް ލިބިލެއްވި ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެޑަލް ދެއްވައިފިއެވެ.
މި ރަސްމިއްޔާތު ކުރިއަށް ގެންދެވިފައިވަނީ، މިނިވަން ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ލިބިލެއްވި ތިން ފުލުހަކަށް އަދި މަތިވެރި ޚިދުމަތުގެ މެޑަލް ލިބިލެއްވި ނުވަ ފުލުހަކަށް ރައީސުލްޖުމްހޫރިއްޔާ މެޑަލް ދެއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ލިބިލެއްވި ފުލުހުން:
- އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް
- އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢާޞިމް ޢަބްދުﷲ
- އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ޝަމީމް އާދަމް
މަތިވެރި ޚިދުމަތުގެ މެޑަލް ލިބިލެއްވި ފުލުހުން:
- ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒްހާން
- ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާޠިމަތު ނަޝްވާ
- ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޖުތަބާ ޢަބްދުއްސައްތާރު
- ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރްޔަމް ޢަޒްމާ
- ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީޙް
- ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަލީ ފާއިޒު
- ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒާހިރު
- ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް މުޙައްމަދު
- އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ޝިހާމް
މިނިވަން ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ހިމާޔަތުން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

