އަވަށްޓެރި ސްރީލަންކާއިން، އަންނަ މަހުން ފެށިގެން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޫކުރާނެކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތު ހެރަތު ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ފޮރިން މިނިސްޓަރ ވިޖިތަ ހެރަތް މިކަން އިއުލާނު ކުރައްވަމުން ވިދާޅުވީ މިހާތަނަށް ދިވެހިންނަށް ދެމުން އައީ ކުރު މުއްދަތުގެ ވިސާ ކަމަށާއި، އޯގަސްޓް 1 އިން ފެށިގެން އަހަރު ދުވަހުގެ ވިސާ ދޭން ފަށާނެ ކަމަށެވެ. ދިވެހިންނަށް ލަންކާގައި އެއް އަހަރު ވަންދެން ދިރިއުޅެވޭނެކަމަށް ލަންކާގެ ނޫސްތަކުންވެސް ރިޕޯޓުކޮށްފައިވެއެވެ.
ލަންކާއިން ދިވެހިންނަށް ދޭ ވިސާގެ މުއްދަތު އިތުރުކުރަން ނިންމިއިރު، އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އަންނަ ހޯމަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަން ވަނީ ނިންމަވައިފަ އެވެ. ވިސާގެ މި ބަދަލުތައް އިއުލާންކުރާނީ އެ ދަތުރުފުޅުގެ ތެރެއިން ކަމަށް ބެލެވެއެވެ.

