މިއަދު ހެނދުނު މ. މުލަކު ބޮޔަށް މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވުމާ ގުޅިގެން އިތުރު ފަރުވާ ދިނުމަށްޓަކައި މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު ހެނދުނު 08:51 ހާއިރު، “ފަރުމާ” ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި މީހެއްގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވެފައިވާ ކަމުގެ މައުލޫމާތު ލިބުނެވެ.
މި ހާދިސާއާ ގުޅިގެން މ. މުލީ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާއި މ. މުލީ ރީޖަނަލް ހޮސްޕިޓަލްގެ މެޑިކަލް ޓީމެއް ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. މެޑިކަލް ޓީމުން ބަލިމީހާގެ ސިއްހީ ހާލަތު ވަޒަންކުރުމަށްފަހު، އިތުރު ފަރުވާ ދިނުމަށްޓަކައި މ. މުއްޔަށް ގެންދިއުމަށް ނިންމިއެވެ.
ފުލުހުން އިތުރަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހޮސްޕިޓަލުން ބުނެފައިވަނީ އެ މީހާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ.

