އއ. މާޅޮހު ފަޅުގައި އޮތް ދޯންޏެއްގައި މިރޭ ހިނގި ހާދިސާއެއްގައި އެއްޗެއް ގޮވައި ބިދޭސީ ދެ މީހަކު ފިހިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިރޭ 8:45 ހާއިރު އެވެ. ނަމަވެސް ދޯންޏުގައި ގޮވި އެއްޗަކީ ކޮބައިކަން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ހާދިސާގައި ފިހުނު ދެ ބިދޭސީންނަށް މިވަގުތު ފަރުވާ ދެމުން ގެންދަނީ އއ. މާޅޮހު ހެލްތު ސެންޓަރުގައި ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ. އަދި އިތުރު ފަރުވާ ބޭނުންވާތީ، އެ ދެ މީހުން މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

