އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. ނިޔާވި ފަރާތަކީ ތ. ވަންދޫއަށް ނިސްބަތްވާ އުމުރުން 70 އަހަރުގެ އިސްމާއީލް އަހުމަދު އެވެ.
މަރުހޫމް އިސްމާއީލް އަހުމަދު އުމްރާގެ އަޅުކަމަށް ގޮސްފައިވަނީ ތައިބާ ހައްޖު އުމްރާ ގްރޫޕުގެ ހަވާލުގައެވެ. އަދި އޭނާގެ ކަށުނަމާދު ފަތިސް ނަމާދަށްފަހު މައްކާގެ މަސްޖިދުލް ހަރަމްގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ތައިބާ ހައްޖު އުމްރާ ގްރޫޕުން މައުލޫމާތު ދެމުން ބުނެފައިވަނީ، މި ޖަނާޒާގައި މިވަގުތު މައްކާގައި ތިބި ދިވެހިން ބައިވެރިވުމަށް އެދޭ ކަމަށެވެ.
މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ. އާމީން.

