ރޭގެ ވަގުތެއްގައި އއ. މާޅޮހު ފަޅުތެރޭ އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ފިހުނު 2 ބިދޭސީންނަށް މިހާރު ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ 08:45 އެހާކަށްހާއިރުއެވެ. އަދި މި ހާދިސާގައި އަނިޔާވި ދެ ބިދޭސީންނަށް ފުރަތަމަ ފަރުވާ ދެވިފައިވަނީ މާޅޮހު ސިއްހީ މަރުކަޒުގައެވެ.
އަނިޔާގެ ކުޑަބޮޑުމިނަށް ބަލައި، އިތުރު ފަރުވާ ދިނުމަށްޓަކައި ރޭގެ ވަގުތެއްގައި މި ދެ ބިދޭސީން ވަނީ މާލެއަށް ގެނެވިފައެވެ. އަދި މިވަގުތު އެ ދެ ބިދޭސީންނަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

