ގެމަނަފުށީ ކައުންސިލް ވޮލީ މުބާރާތް 2025 ގެ އަންހެން ޑިވިޝަންގެ 4 ވަނަ މެޗުގައި ފުވައްމުލަކު ސިޓީގެ ސީކުއިންގެ މައްޗަށް ފަހަތުން އަރައި ކުރި ހޯދައި އެޓީމްގެ ފެންވަރު ދައްކާލައިފިއެވެ.
މިއީ މި މުބާރާތުގައި މި ދެޓީމްގެ ވެސް ކުޅުނު ދެވަނަ މެޗެވެ. ގެމަނަ
ގެމަނަފުށީ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށް ދިޔަ މި މެޗު އެޓީމް ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ގެމަނަފުށީ ޓީމުން ވަނީ ވަރަށް ބޮޑު ލީޑެއް ނަގާފައެވެ. ގާތްގަނޑަކަށް 8 ޕޮއިންޓްގެ ލީޑެއްނެގި ނަމަވެސް ފަހަތުން އަރައި މި ސެޓު ކާމިޔާބު ކުރީ ސީކުއީންއެވެ. މި ސެޓު އެޓީމުން ގެންދިޔައީ 25، 21 އިންނެވެ. މެޗުގެ ދެވަނަ ސެޓުގައި ގެމަނަފުށީ ޓީމް ފެނުނީ ތަފާތު މޮޅުކޮށެވެ. ހާއްސަކޮށް އެޓީމްގެ ޖާޒީ ނަންބަރު 11 ރަފާގެ ކުޅުން ތަފާތެވެ. މި ސެޓު 25،15 އިން ކާމިޔާބުކުރީ ގރެމަނަފުށީ ވޮލީ ޓީމެވެ.
3 ވަނަ ސެޓު ދެޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު މި ސެޓު ގެމަނަފުށީން ކާމިޔާބު ކުރީ 25،22 އިންނެވެ. މެޗުގެ 4 ވަނަ ސެޓު ގެމަނަފުށިން ފެނުނީ ރޫހު ވަރަށް ބޮޑަށް ރަނގަޅުކޮށް ޓީމެއްގެ ގޮތުގައި ކުޅުނު ތަނެވެ. ރަނގަޅު ނިންމުންތަކާއި އެކު މި ސެޓު 25،16 އިން ނަގައި 3 ސެޓު 1 ސެޓުން މެޗު ކާމިޔާބު ކުރިއެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކީ ތަފާތު މޮޅު ކުޅުމެއް ދެއްކި ގެމަނަފުށީ ވޮލީ ކުލަބުގެ ޖާޒީ ނަންބަރު 11 އާމިނަތު ރަފާ އިބްރާހިމްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ރަފާ/ ފޮޓޯ: ދޮންކޮޅު
މިއީ ގެމަނަފުށީ ވޮލީ ޓީމުން ކާމިޔާބު ކުރި ދެވަނަ މެޗެވެ. ފުވައްމުލަކު ސިޓީ ގެ ސީކުއީން ވާދަކުރި ދެ މެޗުންވެސް ވަނީ ބަލިވެފައެވެ.
މި މުބާރާތުގައި މި ދެ ޓީމަށްވެސް ބާކީ އޮތީ ދެ މެޗެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ފިރިހެން ޓީމްތަކަކީ ގެމަނަފުށި ވޮލީ ކުލަބު، ވެލާ، ފޭސް ފިޔޯރީ ވޮލީޓީމް، ކާމިޔާބު ވޮލީޓީމް، ހުޓިކޮޑާ، އަދި ނިލަންދޫ ވޮލީޓީމެވެ. އަދި އަންހެން ޓީމްތަކަކީ ސީ ކުއީންސް، ގެމަނަފުށީ ވޮލީ ކުލަބު، ކަނޑުހުޅުދޫ ވޮލީޓީމް، އިގްނައިޓް ޖޫނިއާސް، ހުޓިކޮޑާ ކަނބަލުންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ގެމަނަފުށީ ކައުންސިލެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

