ގެ އާ ޓާމިނަލްގައި ފަސް ވަގުތު ނަމާދުގެ ބަންގި އިއްވަން ފެށުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވައިފި އެވެ.
އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވަނީ ބަންގި އަކީ އިސްލާމީ ހިދާޔަތު ރަމްޒުކޮށްދޭ ވަރަށް މަތިވެރި ޝިޢާރެއް ކަމަށެވެ. އަދި އާ ޓާމިނަލްގައި ބަންގީގެ އަޑު އިވޭގޮތަށް ހަމަޖެއްސެވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާ ކަމަށެވެ.
މި ނިންމެވުމަށް ޢަމަލުކުރަން ފަށާފައިވަނީ މިއަދުގެ ޢަސްރު ނަމާދުން ފެށިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވެލާނާ އެއަރޕޯޓުގެ އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭގޮތަށް ހަމަޖައްސައި، އެގޮތަށް ޢަމަލުކުރަން ފަށާފައިވާ ކަމަށެވެ.
އެއަރޕޯޓުގެ އާ ޓާމިނަލްގައި ބަންގި އިއްވަން ފެށުމާ ގުޅިގެން ދީނީ ޢިލްމުވެރިން ވެސް ދަނީ މި ނިންމެވުމަށް ތަޢުރީފުކުރައްވަމުންނެވެ. މިއީ ރާއްޖޭގެ އެއަރޕޯޓެއްގައި ބަންގި އިއްވަން ފެށި ފުރަތަމަ ފަހަރެވެ.

