ކަންފަތުގައި ރިއްސުމަކީ އާންމު ކަމެއް ނޫން ނަމަވެސް، އެއީ ވަރަށް ވޭންހުރި އަދި ދިރިއުޅުމުގެ އާންމު ކަންކަން ކުރުމަށް ދަތިވާފަދަ ކަމެކެވެ. މި ރިހުން މެދުވެރިވަނީ ގިނަފަހަރު ޖަރާސީމު އުފެދުމުގެ ސަބަބުންނާއި، ހަންގަނޑުގެ މައްސަލަތަކުން އަދި އެލަރޖީގެ ސަބަބުންނެވެ.
ލޮނުމެދު ބޭނުންކޮށްގެން ދެވޭ ފަރުވާ
ލޮނުމެދުގައި ހުންނަ އެންޓި ބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން ކަންފަތުގެ ރިހުމަށް ލުޔެއް ލިބެއެވެ. ލޮނުމެދު ބޭނުންކުރެވޭނެ ދެގޮތެއް ވެއެވެ:
- ރޯ ލޮނުމެދެއް ފަޅިކޮށްލާފައި އޭގެ އެއްބައި ހަފައިލުން
- މަސްޓަޑް އޮއިލްއާއެކު ކައްކައިގެން ތެޔޮކޮޅެއް ތައްޔާރުކޮށް ކަންފަތަށް އެޅުން
އިނގުރު ބޭނުންކޮށްގެން ދެވޭ ފަރުވާ
އިނގުރުގައި އެކުލެވޭ އެންޓި ބެކްޓީރިއަލް އަދި އެންޓި އިންފްލެމެޓްރީ ބައިތަކުގެ ސަބަބުން މިއީ ވަރަށް ފައިދާހުރި ފަރުވާއެކެވެ. އިނގުރު ބޭނުންކުރެވޭނެ ގޮތްތަކުގެ ތެރޭގައި:
- އިނގުރު ދިޔަ ކަންފަތް ބޭރުގައި ހޭކުން
- މަސްޓަޑް އޮއިލްއާއެކު ކައްކައިގެން ތެޔޮކޮޅެއް ތައްޔާރުކޮށް ބޭނުންކުރުން
އޮލިވް އޮއިލް ބޭނުންކުރުން
އޮލިވް އޮއިލްއަކީވެސް ކަންފަތުގެ ރިހުމަށް ބޭނުންކުރެވިދާނެ ރަނގަޅު އެއްޗެކެވެ. ކުޑަކޮށް ހޫނުކޮށްލުމަށްފަހު ކަންފަތަށް އެޅުމުން ރިހުމަށް ލުޔެއް ލިބޭނެއެވެ.
ކަންފަތުގެ ރިހުން ގަދަވެ، އަޑުއިވުމުގައި މައްސަލަ ޖެހޭނަމަ، ވީއެންމެ އަވަހަކަށް ޑޮކްޓަރަކަށް ދައްކަން ޖެހޭނެއެވެ. އަދި ގޭގައި ފަރުވާ ހޯދަން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީވެސް އެދެވިގެންވާ ކަމެކެވެ.

