ލ. މާވަށުގައި ވަޅިން ހަމަލާދީ ދިވެއްސަކު މަރާލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދެމީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ކަރަށް ވަޅި ޖަހާ، ލިބުނު ޒަޚަމްތަކުގައި މަރުވެފައިވަނީ އެރަށު މޫސާ އިބުރާހީމް “ބޯކާ” ނަމަކަށް ކިޔާ ފިރިހެނެކެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:30 އެހާކަންހާއިރެވެ.
މަރުވި މީހާ މިހާރު އޮތީ އެ ރަށުގެ ސިއްހީ މަރުކަޒުގައި ކަމަށްވެއެވެ.

