ޕާލިމަންޓް ސްޕީކަރުންގެ ވޯލްޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ސްވިޒަރލޭންޑަށް ފުރާވަޑައިގެންފިއެވެ.
މި ކޮންފަރެންސް އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހަށެވެ.
މިއަހަރުގެ ކޮންފަރެންސްގެ ޝިޢާރަކީ “ހަމަޖެހުމެއްނެތް ދުނިޔެއެއް: އެންމެންނަށް ސުލްޙައާއި، އިންސާފާއި އަދި ފާގަތިކަން ހޯދައިދިނުމަށް ޕާލިމެންޓްތަކުގެ އެއްބާރުލުމާއި ބައިނަލްއަޤްވާމީ އެއްބައިވަންތަކަން” މިއެވެ.
6 ވަނަ މަޖިލިސް ސްޕީކަރުން ނުވަތަ މަޖިލިސްތަކުގެ ރައީސުންގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ސްވިޒަރލޭންޑްގެ ޖެނީވާއަށް ފުރާވަޑައިގެންފައިވާކަމަށް މަޖިލީހުން ވަނީ ހާމަކޮށްފައެވެ.
ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ކޮންފަރެންސަކެވެ.
ދުނިޔޭގެ ވެރިކަމުގެ ބަރުލަމާނީ ޑިމޭންޝަންސްތައް ބައްޓަންކޮށް ހަރުދަނާ ކުރުމަށް މި މި ކޮންފަރެންސަކީ ކެޓަލައިޒާތަކެއްގެ ގޮތުގައި ޚިދުމަތްކޮށް، ބައިނަލްއަޤްވާމީ ކަންކަމުގައި ޑިމޮކްރަސީގެ ފަރަގު ކުޑަކުރުމަށް އެހީތެރިވެދޭނެ ކޮންފަރެންސެކެވެ.

