ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް ފައިސާގެ އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުން އެ ޓާމިނަލް ހުޅުވުން ފާހަގަކޮށްފިއެވެ.
ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެކަން ހިއްސާކޮށްފައެވެ.
ޓާމިނަލް ހުޅުވުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތާއި ޓާމިނަލްގެ އެތެރޭގެ މަންޒަރުތައް ފެންނަ ވީޑިޔޯއެއް ހިއްސާކޮށް އެ ފަންޑުން ބުނެފައިވަނީ މި ޓާމިނަލަކީ ތަރައްގީގެ މުހިއްމު މަގުފާހަގައެއް ކަމަށެވެ.
ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނިޝާން މުލީގޭ ޝަރަފުގެ އިއްޒްތުގެ ވެރިޔާ ސުލްތާން ބިން އަބްދުއްރަހުމާން އަލް-މުރުޝިދާއި އޭނާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

