ޓްރާންސްޕޯޓް މިނިސްޓްރީގެ ސާވާ އޯވާހީޓްވެ، އޮންލައިން ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑިއްޖެއެވެ.
މިއަދު އެކްސްގައި މިނިސްޓްރީން ޝާއިއުކުރި ޕޯސްޓެއްގަައި ބުނެފައިވަނީ މިނިސްޓްރީގެ ސަވާއަށް ދިމާވި ޓެކްނިކަލް މައްސަލަައެއްގެ ސަަބަބުން އެ މިނިސްޓްރީގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލަން ޖެހިފައިވާ ކަމަށެވެ. ދިމާވީ ކޮން މައްސަލައެއްކަން މިނިސްޓްރީން ހާމަނުކުރެއެވެ.
ނަމަވެސް މިނިސްޓްރީގެ އޮފިޝަލެއް މީސްމީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ދިމާވީ ސާވާ އޯވާހީޓްވުމުގެ މައްސަލައެއް ކަމަށެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީގެ ޓެކްނިކަލް ޓީމުން އެ މައްސަލަ ހައްލުކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ދިމާވި މައްސަލައިގެ ސަބަބުން އެ މިނިސްޓްރީން ހިދުމަތް ހޯދާ މީހުންނަށް ދަތިތަކާ ކުރިމަތިވާނެތީ މިނިސްޓްރީން މައާފަށް އެދިފައިވެއެވެ.

