ރާއްޖޭގެ ބޭންކުތަކުން ދޫކޮށްފައިވާ ކްރެޑިޓް ކާޑާއި އަމިއްލަ ލޯނުތަކުގެ ދަރަނި 7.7 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މެއި މަހު ރާއްޖޭގެ ބޭންކްތަކުން ދޫކޮށްފައިވާ އަދަދުތަކަކީ މިދިޔަ އަހަރުގެ މެއި މަހަށް ވުރެ 20 ޕަސެންޓު އިތުރު އަދަދެކެވެ.
ފަސް އަހަރު އާންމުންނަށް ދޫކުރި ދަރަނި (ކްރެޑިޓް ކާޑާއި ލުއި ލޯނު)
- 2021 : 3.6 ބިލިއަން ރުފިޔާ
- 2022: 4.5 ބިލިއަން ރުފިޔާ
- 2023: 5.6 ބިލިއަން ރުފިޔާ
- 2024: 7.2 ބިލިއަން ރުފިޔާ
- 2025 (މެއި މަހުގެ ނިޔަލަށް): 7.7 ބިލިއަން ރުފިޔާ
މި އަހަރުގެ މިހާތަނަށް ބޭންކުތަކުން އެކި ދާއިރާތަކަށް ދޫކޮށްފައިވާ ދަރަނީގެ ޖުމުލަ އަދަދު 34.5 ބިލިއަން ރުފިޔާއަށް އަރައެވެ.
މީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޓޫރިޒަމް ދާއިރާއަށް ދޫކޮށްފައިވާ 12 ބިލިއަން ރުފިޔާގެ ލޯނުތަކެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ކްރެޑިޓް ކާޑާއި އަމިއްލަ ލޯނުތަކެވެ.

