މި އަހަރުގެ ފުރަތަމަ ދެ ކުއާޓާ ނިމުނުއިރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުން އެ ބޭންކަށް ލިބިފައިވާ ފައިދާ އަކީ މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު އެ ބޭންކަށް ލިބިފައިވާ ފައިދާ އާއި އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.
ބޭންކުގެ އާމްދަނީގެ ތެރެއިން އިންޓަރެސްޓުގެ އާމްދަނީގެ ގޮތުގައި ދެވަނަ ކުއާޓާގައި 818.5 މިލިއަން ރުފިޔާ ލިބުނެވެ. އަދި ފީތަކާއި ކޮމިޝަނުގެ އާމްދަނީގެ ގޮތުގައި 305.1 މިލިއަން ރުފިޔާ ލިބުނެވެ.
މި ހުރިހާ ހަރަދުތަކަށްފަހު މި އަހަރުގެ ދެވަނަ ކުއާޓާގައި 558 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ބީއެމްއެލްއަށް ލިބުނެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ބީއެމްއެލުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މުޅިން އަލަށް 3 ބިލިއަން ރުފިޔާގެ ލޯނު ދޫކުރިއެވެ.

