ޝްރީ ލަންކާގެ ސިނެކް ކެމްޕަސްގައި ކުރިއަށްގެދިޔުމަށް ހަމަޖެހިފައިވާ އެޑިޔުކޭޝަން ޕްރޮގްރާމްގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް)ގެ ފަރާތުން ޒިޔާރަތްކޮށްފިއެވެ.
29 ޖުލައި އިންފެށިގެން އޮގަސްޓް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދިޔުމަށް ހަމަޖެހިފައިވާ މި އެޑިޔުކޭޝަން ޕްރޮގްރާމްގައި، އައި.ޔޫ.އެމްގެ 13 ދަރިވަރުންނާއި 5 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމްގައި އަލިއަޅުވައިލެވޭ މުހިއްމު މަޢުލޫތަކުގެ ތެރޭގައި، އާޓިފިޝަލް އިންޓެލިޖެންސް، މަތީ ތަޢުލީމު، ތަފާތު ބަހުރުވަތައް އުގަންނައިދިނުމާއި އުނގެނުން، އިޖުތިމާޢީ އަދި މާލީ ދާއިރާތަކަށް ބޭނުންވާ ހުނަރުތަށް ދިރުވާ ޢާލާކުރުން ހިމެނެއެވެ.
ބޭރުގެ ޤައުމުތަކަށް ކުރެވޭ މިފަދަ ތަޢުލީމީ ދަތުރުތަކުގެ ޢަލީގައި، ދިވެހި ދަރިވަރުންނާއި މަތީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިއެރުމުގެ އިތުރު ފުރުޞަތުތައް ލިބި، ހުނަރުތައް ތަރައްޤީކުރުމުގެ މަގުފަހިވެގެންދާނެއެވެ.

