މާލޭ ބާޒާރުމަތީ ގިނަ ފިހާރަތަކުން ފިޔާ ހުސްވެ، ފިޔާ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް އެސްޓީއޯއިން ފަށައިފިއެވެ.
އެ ކުންފުނީގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ މޫސުން ގޯސްވެ، ކޮންމެ ހަފުތާއަކު ގެންނަމުން އައި ފިޔާ ސަޕްލައި ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އަދި މޫސުން ގޯސްވުމުގެ ސަބަބުން މިވަގުތު މާލޭގެ ބަނދަރުގައި ހުރި ބައެއް ބައެއް ބޯޓުތަކުން ވެސް ސްޓޮކް ބޭލުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބާޒާރުން ފިޔާ ހުސްވެފައިވީނަމަވެސް އަމިއްލަ ބައެއް ވިޔަފާރިތަކުން މިހާރުވެސް ވަނީ މާލޭ ވިޔަފާރި ބަނދަރާއި ހަމައަށް ފިޔާ ޝިޕްމެންޓްތައް ކޮންމެވެސް ވަރަކަށް ގެނެސްފައެވެ.
އެސްޓީއޯއިން މިއަދު ބުނީ މި މައްސަލަ ހައްލު ކުރުމުގެ ގޮތުން، ފިިޔާ ޝިޕްމެންޓެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެސްޓީއޯއިން އާއްމުކޮށް ފިޔަ އާއި ބިސް އަދި އަލުވި ފަދަ ތަކެތި އެތެރެ ކުރަނީ ރޯދަމަހަށް ހާއްސަކޮށެވެ. އެކަމަކު ދަތިކަމެއް ކުރިމަތިވެ، އަގު އަރައިގެން ދާ ނަމަ، މުދާ އެތެރެ ކުރެއެވެ.
ބާޒާރުން ފިޔާ ހުސްވެފައިވާ މި ދަނޑިވަޅުގައި ބައެއް ރީޓެއިލް ފިހާރަތަކުން ފިޔާގެ އަގު އިންތިހާއަށް އުފުލަމުން އަންނަކަމުގެ ޝަކުވާގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކުރަމުންނެވެ.

