އެމެރިކާއަށް ސުނާމީ އަރައިފިއެވެ.
ސެން ފްރެންސިސްކޯ ބޭ އޭރިއާގެ ނޭޝަނަލް ވެދަރ ސާވިސް އިން ބުނެފައިވާ ގޮތުގައި ބުދަ ދުވަހުގެ ދަންވަރު 1:12 ހާއިރު ކެލިފޯނިއާގެ ސެން ފްރެންސިސްކޯގެ ހުޅަނގު އައްސޭރިފަށަށް ސުނާމީ ރާޅުތައް އަރާފައިވާކަމަށެވެ. އަދި އެ ސްޓޭޓްގެ އައްސޭރިފަށުގެ އެރީނާ ކޯވް ސަރަހައްދަށް ވެސް ސުނާމީގެ އަސަރުކޮށްފައިވާކަމަށްވެސް ސެން ފްރެންސިސްކޯ ބޭ އޭރިއާގެ ނޭޝަނަލް ވެދަރ ސާވިސް އިން ވަނީ ހާމަކޮށްފައެވެ.
ރަޝިއާގެ އިރުމަތީ އައްސޭރިފަށުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމަކާއި ގުޅިގެން، 13 ގައުމަކަށް ސުނާމީގެ އިންޒާރު ވަނީ ނެރެފައެވެ. އޭގެ ތެރޭގައި ހަވާއީ، ޖަޕާން އަދި ރަޝިއާ ހިމެނޭއިރު، މި ގައުމުތަކަށް ވަނީ ސުނާމީ އަރާފައެވެ.
ހަވާއީއަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާއިރު، މީގެ ކުރިން އެމެރިކާގެ ސުނާމީގެ އިންޒާރުދޭ މަރުކަޒުތަކުން ވަނީ ހަވާއީއަށް 1 މީޓަރާއި 3 މީޓަރާއި ދެމެދުގެ އުސްމިނެއްގައި ރާޅު އަރާނެ ކަމަށް އިންޒާރު ދީފައެވެ. ހޮނޮލޫލޫ ޑިޕާޓްމަންޓް އޮފް އިމަޖެންސީ މެނޭޖްމަންޓުން ވަނީ ހަވާއީގެ އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ލަފާދީފަ އެވެ.
ރަޝިއާއަށް މިއަދުގެ އައިސްފައިވާ 8.8 ބާރުމިނުގެ ބިންހެލުމަކީ ފާއިތުވި 14 އަހަރުގެ ތެރޭގައި އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

