ރަޝިއާގެ އުތުރުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ޓޮންގާއާއި ޕެރޫއަށްވެސް ސުނާމީގެ އިންޒާރު ދީފިއެވެ.
ޓޮންގާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޓޮންގާގެ ވެރިރަށް، ނުކުއަލޮފާއަށް ސުނާމީގެ އިންޒާރު ނެރެ، މިހާރު ވަނީ ސައިރަން އަޅަން ފަށާފައެވެ. ސައިރަން އަޅަމުން އަންނަނީ އެގައުމުގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށެވެ.
ޓޮންގާގެ އިތުރުން ޕެރޫގެ ސުނާމީ ސެންޓަރުން ވަނީ އެގައުމުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރެފައެވެ.
ރަޝިޔާގެ ދުރު އިރުމަތީ ކަމްޗަޓްކާ ޕެނިންސުލާއަށް މިއަދު އައި 8.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާ ގުޅިގެން ޕެސިފިކް ސަރަހައްދަށް ސުނާމީގެ އިންޒާރުތަކާއެކު މީހުން ރައްކާތެރި ހިސާބުތަކަށް ދިޔުމަށް އެލާޓްތައް ފޮނުވުން ވަނީ ފަށާފައެވެ.

